ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
ދަޕްރެސް
4 ނޮވެމްބަރު 2025 | އަންގާރަ | 1:19
ރާއްޖޭގައި ކަށިމިޔަރު ހިފުމަށާ، ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ކަށި މިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް މި މަހުގެ 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމާފައެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށް ކަމަށް ކަނޑައަޅައި، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ބެހޭ ގަވާއިދު ވަނީ އާންމުކޮށްފައެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ފުރުސަތު ނުދިނުމަށް ގޮވާލައި މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.