ލަމްހާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ދަޕްރެސް

4 ނޮވެމްބަރު 2025 | އަންގާރަ | 5:14

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާން، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 27، 2021 ގައެވެ. އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ ހައްޔަރުކޮށްފައި ވަނީ އެ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ. ލަމްހާގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ

މި މައްސަލައިގެ ޝަރީއަތް ލަސްވުމާ ގުޅިގެން ބަންދުން ދޫކޮށްލައިދިނުމަށް ލަމްހާގެ ފަރާތުން އެދުމުން ނޮވެމްބަރު 23، 2023 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ އަމުރަށް އަލުން ލަމްހާ ބަންދުކުރިއެވެ.

މައުޟޫޢުތަށް