ޕޭ ހާމަނައިޒޭޝަންއާ އެކު އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެ: ރައީސް

ދަޕްރެސް

5 ނޮވެމްބަރު 2025 | ބުދަ | 9:43

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް އަމަލުކުރަން ފެށި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުވެފައިވާ ކަމަށާއި އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، މިކަމުގެ މައުލޫމާތު ނޭނގޭތީ މުވައްޒަފުންނަށް އޮޅުން އަރަމުންދާ ކަމަށެވެ.

މި މަހު އެކަކުން ފެށިގެން މުސާރަ ބޮޑުވެގެން ދިޔަ ދާއިރާތަކުން ޖުމްލަ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ އެވަނީ ޕޭ ހާމަނައިޒް ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕޭ ފްރޭމްވޯކަށް ހިޖުރަ ނުކުރާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް