ހުޅުމާލެ ބިން ހިއްކާ ސަރަހައްދުން ނަގާ އުޅަނދުތައް އެޅުމަށް 3 ސަރަހައްދެއް ކަނޑައަޅައިފި

ދަޕްރެސް

5 ނޮވެމްބަރު 2025 | ބުދަ | 11:09

ހުޅުމާލޭ ފޭސް 3 ބިން ހިއްކާ ސަރަހައްދުން ނަގާ އުޅަނދުތައް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން 3 ސަރަހައްދެއް ކަނޑައަޅައިފިއެވެ.

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުން އަލުން ފެށުމަށް، ބިންހިއްކަމުންގެންދާ ސަރަހައްދުގައި މަސައްކަތްތަކަސް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއިން ވަނީ އިއުލާނުކޮށްފައެވެ.

އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފަޅުތެރެ ބޭނުންކުރަމުންދިޔަ އުޅަނދުތައް ވަގުތީ ގޮތުން އެޅުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް