އިދާރީ ގޮތުން ހުޅުދޫ އަދި މީދޫ ވަކިކުރުމަކީ 2 ރަށުގެ ތަރައްގީގެ ފެށުން: ރައީސް
ދަޕްރެސް
5 ނޮވެމްބަރު 2025 | ބުދަ | 3:36
އިދާރީ ގޮތުން އައްޑޫ ހުޅުދޫ އަދި މީދޫ ވަކިކުރުމަކީ އެ 2 ރަށުގެ ތަރައްގީގެ ފެށުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އިދާރީ ގޮތުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި ކުރިމަތިވެފައި އޮތް ނިކަމެތި ކަމާއި ބާކީކުރުމާއި ތަފާތު ކުރުމަށް ނިމުމެއް ގެނައުމަށް ރައީސް ވައުދުވެވަޑައިގަންނަވާފައިވާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.