މާލޭގައި ވައްކަން އިތުރުވެއްޖެ، މިދިޔަ މަހު 112 މައްސަލަ!

ދަޕްރެސް

5 ނޮވެމްބަރު 2025 | ބުދަ | 6:30

ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ހުސްވި އޮކްޓޯބަރު މަހު މާލެގައި ވައްކަން އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތެފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު ވަނީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި އޮކްޓޯބަރު މަހު ފުލުހުން ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެގޮތުން އޮކްޓޯބަރު މަހު ވައްކަމުގެ 112 މައްސަލަ ހުށަހަޅާފައިވާއިރު ސެޕްޓެމްބަރު މަހު ހުށަހެޅީ ވައްކަމުގެ 71 މައްސަލައެކެވެ. އެހެންކަމުން ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އެއީ 41 މައްސަލައިގެ އިތުރުވުމެކެވެ.

ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޯބަރު މަހު ހިނގި އެކްސިޑެންޓުތައް ވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު އެކްސިޑެންޓުގެ 10 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ހުސްވި މަހު އެ އަދަދު ވަނީ 14 އަށް އިތުރު ވެފައެވެ.

މައުޟޫޢުތަށް