ސ. އަތޮޅު ސްކޫލް އޮފީސް އިމާރާތް ހެދުމުގެ މަޝްރޫއު 8 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް
ދަޕްރެސް
5 ނޮވެމްބަރު 2025 | ބުދަ | 6:32
އައްޑޫ ހުޅުމީދޫގެ ސ. އަތޮޅު ސްކޫލްގައި އޮފީސް އިމާރާތެއް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައ،ި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު މުހައްމަދެއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއިއަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ، 6630 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 3315 އަކަފޫޓު ހުންނާނެއެވެ. މި މަޝްރޫއަކީ 8.09 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.