ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ވަރުގަދަ މިލިޓަރީ ބާރެއް އޮންނަން ޖެހޭ: ރައީސް

ދަޕްރެސް

5 ނޮވެމްބަރު 2025 | ބުދަ | 6:16

ތަރައްގީވެފައިވާ ގައުމަކަށް ދިވެހި ރާއްޖެ ހެދުމަށް ވަރުގަދަ މިލިޓަރީ ބާރެއް ރާއްޖޭގައި ގާއިމުވެފައި އޮންނަން ޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު އައްޑޫއަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފޭދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ 2040 ވަނަ އަހަރާއި ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖޭގެ ނަން ގުނާލެވޭނީ ވަރުގަދަ މިލިޓަރީ ބާރެއް ރާއްޖޭގައި އޮވެގެން ކަމަށެވެ.

ރައީސް ވިދާޅުވީ މިލިޓަރީ މަތިންދާބޯޓުތައް ހޯދުމަށް ސަރުކާރުން ނިންމާ އެކަމަށްޓަކައި މިހާރު ގިނަ މަސައްކަތްތަކެއްވެސް ކުރެވެމުން ދާކަމަށެވެ. މީގެއިތުރުން އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުކުރުމާއި، ޓޯޓަލް ޑިފެންސް އިކޯސިސްޓަމެއް އެމްއެންޑީއެފްގައި ގާއިމުކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް