ވޭތުދިޔަ 2 އަހަރުގެ ތެރޭގައި 1 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ދަރަނި ދައްކާފައިވޭ: ޒަމީރު
ދަޕްރެސް
6 ނޮވެމްބަރު 2025 | ބުރާސްފަތި | 11:42
ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިފަދައިން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލިއްޔާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ. މާލީ ޒިންމާ ހަރުދަނާކޮށް އިގްތިސޯދަށް އޮތް އިތުބާރު އަލުން ގާއިމްކުރުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން މުހިއްމު މަސައްކަތްތަކެއްކޮށްފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.