ޖީޑީޕީގެ ނިސްބަތުން މިއަހަރު ދައުލަތުގެ އާމްދަނީ 32 ޕަސެންޓަށް އިތުރުވާނެ: ޒަމީރު
ދަޕްރެސް
6 ނޮވެމްބަރު 2025 | ބުރާސްފަތި | 12:45
ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ ނިސްބަތުން މި އަހަރު ދައުލަތުގެ އާމްދަނީ 32 ޕަސެންޓަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިފަދައިން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ ފުރަތަމަ 40 ހަފްތާގައި ސަރުކާރު ހިންގާފައިވަނީ ފިސްކަލް ސާޕްލަސްއެއްގައި ކަމަށެވެ. އަދި އެއާއެކު ގިނަ އަހަރުތަކެއް ފަހުން މި އަހަރު ބަޖެޓުގެ ޑެފިސިޓް ސިންގަލް ޑިޖިޓަށް ކުޑަވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.