ސަރުކާރުގެ ބޭނުމަކީ އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކޮށް ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުން: ރައީސް

ދަޕްރެސް

6 ނޮވެމްބަރު 2025 | ބުރާސްފަތި | 1:20

ސަރުކާރުން ބޭނުންވަނީ ޕްރައިވެޓް ކުންފުނިތަކާ ގިނަ މަޝްރޫއުތައް ހަވާލުކޮށް، އާންމު ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ޕްރައިވެޓް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ދިވެހި ރައްޔިތުންގެ އަމިއްލަ ކުންފުނިތަކާ އެންމެ ގިނަ މަޝްރޫއުތައް ހަވާލުކުރެވުނު ތާރީހީ ދުވަހެއް ކަމަށެވެ.

މިއީ ރާއްޖޭގެ އިގްތިސާދު ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުތައް ހަވާލުކުރެވުނީ ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިސާދެއް ނަގައި ކޮޅަށް ޖަހައި، ކުންފުނިތަކުގެ އިތުބާރު ސަރުކާރާ، އިގްތިސާދަށް ލިބިގެން ކަމަށެވެ.

މައުޟޫޢުތަށް