މީހުން ބާލަން ނިންމާފައިވާ ހިރިމަރަދޫގައި މަޝްރޫއު ހިންގާ ސަބަބު މިއޮތީ
ދަޕްރެސް
7 ނޮވެމްބަރު 2025 | ހުކުރު | 6:58
މީހުން ބާލަން ނިންމާފައިވާ ހދ. ހިރިމަރަދޫގައި މަޝްރޫއު ކުރިއަށް ގެންދާ ސަބަބު ސަރުކާރުން ސާފުކޮށްދީފިއެވެ.
އާބާދީގައި 589 މީހުން ހިމެނޭ ރަށުގައި ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
މީހުން ބަދަލުކުރާނެކަން އިއުލާނުކޮށްފައިވަނިކޮށް ހިރިމަރަދޫގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރުމުގެ މަޝްރޫއުގައި އަމިއްލަ ކުންފުންޏަކާއެކު ސަރުކާރުން ވަނީ އިއްޔެ ސޮއިކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ބިލްޑްޓެކް ކުންފުންޏަށް 4،104،000 ރުފިޔާއަށެވެ.