ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް 320 ކިލޯވޮޓުގެ އިތުރު ޖެންސެެޓެއް އދ. ދިގުރަށަށް

ދަޕްރެސް

8 ނޮވެމްބަރު 2025 | ހޮނިހިރު | 10:11

ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް 320 ކިލޯވޮޓުގެ އިތުރު ޖެންސެެޓެއް އދ. ދިގުރަށަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ މި ދަނޑިވަޅަކީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން އދ. ދިގުރަށަށް އަންނަމުންދާ ތަރައްގީއާއި ގުޅިގެން ކަރަންޓުގެ ހިދުމަތް އިތުރުވަމުންދާ ދަނޑިވަޅެއް ކަމަށެވެ. އެގޮތުން ޑިމާންޑް ދެނެގަނެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 320 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް މިހާރު އެރަށަށް ގެންދެވިފައިވާކަމަށް ސްޓެކްލޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ދިގުރަށުގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް