މުދާ ބަރުކޮށްގެން ފަރެސްމާތޮޑާއަށް ދިޔަ ބޯޓެއް ފަރަށް އަރައިފި

ދަޕްރެސް

8 ނޮވެމްބަރު 2025 | ހޮނިހިރު | 12:31

މާލެ އިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.

ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ނަމަކަށް ކިޔުނު ބޯޓެއް ވ ފުލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު ނޮވެމްބަރު 7 ވަނަ ދުވަހުގެ ފަތިހު 05:01 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ބޯޓުގައި ތިބި މީހުން ފުލުހުންގެ އެހީތެރިކަމާއެކު ވ. ފުލިދޫއަށް ގެނެސްފައިވާކަމަށެވެ. އޭގައި ޖުމުލަ 12 މީހުން ތިބިކަމަށާއި، އެއީ 6 ދަތުރުވެރިންނާ، ކެޕްޓަނާއި، ބޯޓުގެ ވެރިފަރާތުގެ އިތުރުން 4 ބިދޭސީ ފަޅުވެރިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް