ސަރުކާރުން ހުރަސް އަޅާ ކަމަށް ބުނެ އެމްޑީޕީގެ މުޒާހަރާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ދަޕްރެސް
9 ނޮވެމްބަރު 2025 | އާދިއްތަ | 10:46
އިދިކޮޅު އެމްޑީޕީން އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ނިންމި، މުޒާހަރާ މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބާއްވަން ނިންމި އެއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު މުޒާހަރާގެ ކަންތައްތައް އިންތިޒާމު ކުރަން އެމްޑީޕީން ނަގާފައިވާ އެތެރޭގެ ކޮމިޓީން އެ ޕާޓީގެ ގައުމީ މަޖިލީހަށް ރޭ ހުށަހެޅި ހުށަހެޅުމުގައި ވަނީ އާޓިފިޝަލް ބީޗާއި އަލިމަސް ކާނިވަލާއި އުސްފަސްގަނޑު ނުދެވޭނެ ކަމަށް ބުނެ، އެއްވެސް ތަނެއް އެއްވުން ބާއްވަން ނުދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އުމީ މަޖިލީހުގެ ހުށަހެޅުން އިއްވަމުން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، އެއްވުން ޕްރޮމޯޓްކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އެއްވުމާ ގުޅޭގޮތުން ދެމި ހުރިހާ ބެނާއެއް ކަނޑާލުމުގެ އިތުރުން، އެއްވުމުގައި ބައިވެރިވާން ޕިކަޕުން ގޮވުމަށް އެ ޕާޓީން ކުރި މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފުލުހުން ނެރެ ހުއްޓުވާފައިވާކަމަށް އިބުރޭ ވަނީ ވިދާޅުވެފައެވެ.