ލޯނުތައް ދޫކުރަމުންދަނީ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް: ބީއެމްއެލް
ދަޕްރެސް
9 ނޮވެމްބަރު 2025 | އާދިއްތަ | 11:30
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނުތައް ދޫކުރަމުންދަނީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިފަދައިން ބުނެފައިވަނީ ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބީއެމްއެލްއިން ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކް ހިންގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓްރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާއި އެއްގޮތަށް ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ. އަދި ބޭންކުން ދޫކުރާ ލޯނުތަކަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާއި އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށެވެ.