ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ "ފަތުވާ މަހާސިންތާ" މިރޭ ފަށަނީ
ދަޕްރެސް
9 ނޮވެމްބަރު 2025 | އާދިއްތަ | 5:30
ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ "ފަތުވާ މަހާސިންތާ"ގެ ދެވަނަ މަހާސިންތާ މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ފަތުވާ މަހާސިންތާ ކުރިއަށް ގެންދަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މި މަހާސިންތާގެ މަގުސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.