ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފި

ދަޕްރެސް

9 ނޮވެމްބަރު 2025 | އާދިއްތަ | 3:12

ހަނިމާދޫ އެއާޕޯޓު ހުޅުވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަންދޫބު، ކިންޖަރަޕު ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު، ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި މިއަަދު ރާއްޖެއަށް ވަޑައިގަތް ކަމަށް ބުނެފައެވެ. އޭނާ އަށް މަރުހަބާ ދަންނަވާފައިވަނީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހާލީލު އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގައެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

މައުޟޫޢުތަށް