ހަނިމާދޫ އެއާޕޯޓު ހުޅުވުން މިރޭ، ހަވާ އަރުވާނެ

ދަޕްރެސް

9 ނޮވެމްބަރު 2025 | އާދިއްތަ | 5:07

ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ހުޅުވަން މިރޭ 3 މިނެޓަށް ހަނިމާދޫގައި ހަވާ އަރުވަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފް އިން ބުނީ ޕްރައިވެޓް ހަފުލާއެއްގައި މިރޭ 20:30 ހާއިރު، ހދ. ހަނިމާދޫގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށާއި، ހަވާ އަރުވާނީ 3 މިނެޓަށް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ކަމަށްވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

މައުޟޫޢުތަށް