އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މޯދީގެ ހާއްސަ މަންދޫބާ މަޝްވަރާ ކޮށްފި
ދަޕްރެސް
9 ނޮވެމްބަރު 2025 | އާދިއްތަ | 9:19
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަންގެ މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ މިއަދު ބައްދަލުކުރައްވަފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރުމުގައި ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް މިނިސްޓަރު ކިންޖަރަޕޫ ރާމްއަށް ޝުކުރު އަދާކުރައްވާފައި ވާކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާ ކުރައްވާފައި ވާކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ހަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޝަތު އަޒީމާ އަދި މިނިސްޓާ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަބްދުﷲ ހަމީދުވެސް ބައިވެރިވެވަޑައިގެންފައި ވާކަމަށެވެ.