ގަލޮޅު ގޯޅިގަނޑެއްގައި ހުރި ކުނިތަކެއްގައި ވަރަށް ބޮޑަށް ރޯވެ، ސިފައިން ހަރަކާތްތެރިވަނީ
ދަޕްރެސް
9 ނޮވެމްބަރު 2025 | އާދިއްތަ | 10:29
ގަލޮޅު ކަންމަތި ސަރަޙައްދުގެ ގޯޅިގަނޑެއްގެ ތެރޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، ގަލޮޅު ކަންމަތި ސަރަޙައްދުގެ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 21:52 އެހާއިރު ކަމަށެވެ.
އެއާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ދެއެވެ.