ކުލަގަދަ ރަސްމިއްޔާތަކާއެކު ވ. އަތޮޅު ފުޓްސަލް މުބާރާތް ފަށައިފި
ދަޕްރެސް
10 ނޮވެމްބަރު 2025 | ހޯމަ | 11:01
ކުލަގަދަ ރަސްމިއްޔާތަކާއެކު ވ. އަތޮޅުގެ ފުޓްސަލް މުބާރާތް ފަށައިފިއެވެ.
ޖުމްލަ 3 ޓީމަކާއެކު މި މުބާރާތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މުބާރާތުގައި ފުރަތަމަ މެޗުގައި ކެޔޮދު އަދި ފެލިދޫ ވާދަކުރިއިރު 4 - 2 ނަތީޖާއަކުން މެޗު ކާމިބުކޮށްފައިވަނީ ފެލިދޫގެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑުގެ އިތުރުން ދެވަނަ ހާފުގައި ޖެހި 2 ލަނޑާއެކު އެ ޓީމުގެ ޖާޒީ ނަންބަރު 10، އަލީ އަލްސަން ފެލިދޫ ޓީމަށް ލީޑު ފުޅާކޮށްދިނެވެ.