ޖުމްހޫރީ ދުވަހުގެ ޖަލްސާގައި 97 ބޭފުޅަކަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެނީ

ދަޕްރެސް

10 ނޮވެމްބަރު 2025 | ހޯމަ | 11:00

މާދަމާ ބާއްވާ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މާދަމާ ހެނދުނު 8.30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބޭފުޅުންނަކީ، 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންނެވެ.

މި އިނާމަށް ބޭފުޅުން ހޮއްވާފައި ވަނީ ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މައުޟޫޢުތަށް