ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އަލުން އައްޔަންކޮށްފި

ދަޕްރެސް

10 ނޮވެމްބަރު 2025 | ހޯމަ | 11:58

ފޮރިން ސެކްރެޓަރީގެ މަގާމަށް ފާތިމަތު އިނާޔާ އަލުން އައްޔަން ކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ އިނާޔާ އައްޔަން ކުރީ ޑިސެމްބަރު 12، 2023 ގައެވެ.

އެހެންނަމަވެސް މިދިޔަ މެއި މަހު އިނާޔާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހުންނެވީ ސެކްރެޓަރީގެ މަގާމުގައެވެ.

މައުޟޫޢުތަށް