ޕާސްޕޯޓު ހަދަން އިމިގްރޭޝަނަށް ދިޔުން ނިމުނީ، މިހާރު މުޅިން އޮންލައިން!
ދަޕްރެސް
10 ނޮވެމްބަރު 2025 | ހޯމަ | 12:11
މޯލްޑިވްސް އިމިގްރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔަ ހިދުމަތްތައް ޑިޖިޓަލްކޮށް އިފްތިތާހް ކުރި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހު ވިދާޅުވެއްޖެއެވެ.
ފަސީހް މިހެން ވިދާޅުވީ، މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފަސީހް ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި އަދި ތާރީހީ ދުވަހެއް ކަމަށެވެ. މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށްވާ މޯލްޑިވްސް 2.0ގެ ދަށުން މޯލްޑިވްސް އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކޮށް ހިދުމަތްތައް އެހެން ހަރުފަތަކަށް ގެނެސް އެ ހުވަފެންތަކުގައި ކުލަ ޖެހޭ ދުވަސް ކަމަށެވެ.