ހަނިމާދޫ އެއާޕޯޓުގައި ބީއެމްއެލް ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމްކޮށްފި

ދަޕްރެސް

10 ނޮވެމްބަރު 2025 | ހޯމަ | 1:22

ރޭ ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ހިދުމަތްތައް ފައްޓަވައި ދެއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް ކަމަށެވެ. ހަނިމާދޫ އެއާޕޯޓްގައި ޑޮލަރު ކައުންޓަރާ އެކު ޑޮލަރު އޭޓީއެމް ވެސް ގާއިމުކުރެވުމުން ހާމަވެގެން ދަނީ ބީއެމްއެލް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުން ވެސް ބޭންކުގެ ހިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް މި ކުންފުނިން ދޭ އަހުމިއްޔަތުކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މައުޟޫޢުތަށް