އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ހާއްސަ ޓްރޭޑްމާކް ބިލު މަޖިލީހުން ފާސްކޮށްފި
ދަޕްރެސް
10 ނޮވެމްބަރު 2025 | ހޯމަ | 3:48
ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓްރޭޑްމާކް ބިލު ފާސްކޮށްފިއެވެ.
މިބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ޓްރޭޑްމާކްއަކީ އެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތައްއަނެއް ފަރާތެއްގެ މުދާ ނުވަތަ ހިދުމަތްތަކާއި ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންމެ ނިޝާނެކެވެ. ރެޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާއި ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާތައް ބަޔާންކޮށް ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.