ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލު ބަޖެޓުގައި ނުޖަހަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތަކަށް ޖާގަދޭން: ޒަމީރު

ދަޕްރެސް

10 ނޮވެމްބަރު 2025 | ހޯމަ | 8:10

ފާއިތުވި ސަރުކާރުތަކުންވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލު ބަޖެޓުގައި ހިމެނި ނަމަވެސް އެދެވޭ ނަތީޖާއެއް ހާސިލުކުރި މަންޒަރު ފެނިފައިނުވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިފަދައިން ވިދާޅުވީ، ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވަކިވަކި ތަފްސީލުތައް މި އަހަރުގެ ބަޖެޓުގައިވެސް ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑިޕީ ފަރާތްތަކުގެ އިތުރުން އޮޑިޓާ ޖެނެރަލް ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓު ދިރާސާކުރުމަށް އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިއަދު މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ މައިގަނޑު އެއް އަސާސަކީ ދަރަނި ދެއްކުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ހުއްޓުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ދިނުމަށް މަގުފަހިކުރުމަކީވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މައުޟޫޢުތަށް