އެޗްޑީސީން، 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރަނީ

ދަޕްރެސް

10 ނޮވެމްބަރު 2025 | ހޯމަ | 8:22

ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުއަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ފައިނޭންސް އެގްޒެކެޓިވް މުހައްމަދު ސަރާހްއެވެ.

މި އެއްބަސްވުމުގެ ދަށުން ދ، ށ، ނ، ތ، ލ، ގއ، ރ، ބ، ހއ، ހދ، ވ، ގދ އަދި ށ. އަތޮޅުގެ ޖުމްލަ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެއެވެ. އެގޮތުން، މި ރަށްތަކުގައި ޕާކު ތަރައްގީކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މައުޟޫޢުތަށް