އައްޑޫ ސިޓީ ހިތަދޫ ގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފި
ދަޕްރެސް
11 ނޮވެމްބަރު 2025 | އަންގާރަ | 9:57
އައްޑޫ ސިޓީ ހިތަދޫ ގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށާއި މިސްކިތަށް ގެއްލުން ދިން މައްސަލައެއް އިއްޔެ ހަވީރު 17:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފާވާކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި މައްސަލަ ބަލައި ތަހުގީގުކޮށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށެވެ.