ދިވެހި ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީ ހޯދައިދޭނަން: ރައީސް

ދަޕްރެސް

11 ނޮވެމްބަރު 2025 | އަންގާރަ | 10:19

ދިވެހި ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ ‏ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަނީ ދިވެހިރާއްޖެ ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުއާކުރައްވަމުން ކަމަށެވެ.

މައުޟޫޢުތަށް