ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ދަމާސް ސޯލިހަށް
ދަޕްރެސް
11 ނޮވެމްބަރު 2025 | އަންގާރަ | 10:47
ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އައްޑޫ ހުޅުދު އަށް އުފަން މުހައްމަދު ސޯލިހު (ދަމާސް ސޯލިހު)އަށް އަރުވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ސޯލިހަށް މި އިއްޒަތް އެރުވީ ރައީސް މުހައްމަދު މުއިއްޒެވެ.
މިއީ ރާއްޖޭގައި ވިޔަފާރި ކުރިއަރުވައި ތަފާތު ވިޔަފާރީގެ ހިދުމަތްތައް ތައާރަފުކުރައްވާފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސޯލިހަށް އެރުވި އިއްޒަތެކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި ވިޔަފާރި ތަރައްގީ ކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ފުޅާކޮށް، އެކި ރޮނގުރޮނގުން ހިދުމަތްކުރައްވައި އަދިވެސް އެ ހިދުމަތުގައި ދެމިހުންނެވި ބޭފުޅަކަށް ވުމުންނެވެ.