ކައިރި މުސްތަގްބަލެއްގައި މާލެ ސަރަހައްދުން 15،000 ގޯތި ދިނުމަށް ހުޅުވާލާނެ: ރައީސް
ދަޕްރެސް
11 ނޮވެމްބަރު 2025 | އަންގާރަ | 11:41
މާލެ ސަރަހައްދުން ވަރަށް އަވަހަށް 15،000 ގޯތި ދިނުމަށް އިއުލާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއް ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ވެސް ތިން ސަރަހައްދެއްގައި ކުރިއަށްދާ ކަމަށާއި އަންނަ މަހު އިތުރު ޑްރެޖަރުތަކަކާއެކު މަޝްރޫއުގެ ސްޕީޑް ތިން ގުނަ ހަލުވި ވާނެ ކަމަށެވެ.