ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު މޫސާ އަންވަރަށް އަރުވައިފި
ދަޕްރެސް
11 ނޮވެމްބަރު 2025 | އަންގާރަ | 11:39
ސިއްހީ ދާއިރާއަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު އައްޑޫ މީދޫއަށް އުފަން މޫސާ އަންވަރު (ތުއްތީދީ)އަށް އަރުވައިފިއެވެ.
މޫސާ އަންވަރު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވާފައެވެ.
މޫސާ އަންވަރަށް ޝަރަފު އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ސިއްހީ ދާއިރާގެ ކުރިއެރުވުމަށާއި ސިއްހީ ރޮނގުން މީހުން ބިނާ ކުރުމަށާއި ސިއްހީ ދާއިރާގެ އިސްމަގާމުތަކެއްގައި ހުންނަވައިގެން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށާއި ސިއްހީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.