އަންނަ އަހަރު ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު ރޯލްއޯވާ ކުރެވޭނެކަން ޔަގީން: ޒަމީރު

ދަޕްރެސް

11 ނޮވެމްބަރު 2025 | އަންގާރަ | 2:13

އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ދައްކަން އޮތް ޔޫރޯ ބޮންޑު ރޯލްއޯވާކޮށް، ސުކޫކު ދެއްކުމުގެ ހުރިހާ ޕްލޭންތަކެއް ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހެޅި އިރު އަންނަ އަހަރު ޖުމްލަ 12.9 ބިލިޔަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަން ޖެހޭ ފައިސާއެވެ. މި ސޫކޫކުގެ ދެބައިކުޅަ އެއްބައި ބޭނުންކޮށްފައި ވަނީ އޭގެ ކުރީ ސަރުކާރުން ނެގި ސަނީ ސައިޑް ބޮންޑް ދެއްކުމަށާއި ކޮވިޑާ ގުޅިގެން ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.

އިއްޔެ ބަޖެޓް ކޮމިޓީގައި ދަރަނި ދެއްކުމަށް ރާވާފައިވާ ކަންކަން ހިއްސާ ކުރައްވަމުން ޒަމީރު ވިދާޅުވީ، 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ޔޫރޯ ބޮންޑު ރޯލްއޯވާ ކުރުމުގެ މަސައްކަތް ޔޫއޭއީއާ އެކު ކުރަމުން އަންނަ ކަމަށާއި އެކަން ވާނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް