ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، 6 ގަޑިއިރެއްހާއިރުގެ ތެރޭގައި ފުވައްމުލަކަށް ފެން ދޫކުރަން ފަށާނެ: ސަރުކާރު

ދަޕްރެސް

11 ނޮވެމްބަރު 2025 | އަންގާރަ | 3:28

ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ކުރިއަށް އޮތް 6 ގަޑިއިރެއްހާއިރު ތެރޭގައި ފުވައްމުލަކު ސިޓީއަށް ވޯޓާ ސަޕްލައިގެ ހިދުމަތް އަލުން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުވައްމުލަކު ސިޓީގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ ކަމަށެވެ.

އެގޮތުން ފުވައްމުލަކު ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް