ހުޅުމާލެ ފަޅުގައި އޮތް ދޯނީގައި ރޯވުން: ބިދޭސީ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެނީ
ދަޕްރެސް
11 ނޮވެމްބަރު 2025 | އަންގާރަ | 3:39
ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ.
އަނިޔާވި މީހާއާ ބެހޭ މާބޮޑު ތަފްސީލެއް ފުލުހުން ދީފައި ނުވާއިރު އެމްއެންޑީއެފުން ބުނީ އަނިޔާވި މީހާގެ އަތާއި ފައިވެސް ފިހުނު ކަމަށެވެ.