މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓަކަށް ފުލުހުން ދިޔައިރު އެޕާޓްމަންޓުން ފެނުނީ މަސްތުވާތަކެތި

ދަޕްރެސް

11 ނޮވެމްބަރު 2025 | އަންގާރަ | 7:19

އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ

ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ ނޮވެމްބަރު 09 ވަނަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ރެސްޕޮންސް އެންޑް ޕެޓްރޯލް އިން ރެސްޕޮންޑްކުރުމަށްފަހު، މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ފެނިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުހައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މައުޟޫޢުތަށް