ދިވެހި ހައްޖުވެރިންނަށް ލުއިކޮށްދީ، މައްކާ ރޫޓް ދާއިމީ ކުރުމަށް ނިންމައިފާ
ދަޕްރެސް
11 ނޮވެމްބަރު 2025 | އަންގާރަ | 9:49
މައްކާ ރޫޓް އިނީޝިއޭޓްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދަން މައްކާރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ކުރައްވަވާ ރަސްމީ ދަތުރުގައި މިއަދު އެ ކޮމެޓީއާއެކު ބޭއްވި ބައްދަލުވުމުގައި މައްކާ ރޫޓް ދާއިމީ ކުރުމަށް ނިންމައިފާއިވާކަން ވަނީ އިއުލާންކޮށްފައެވެ.
މިދިޔަ ހައްޖަކީ ރާއްޖެއަށް މައްކާރޫޓްގެ ތަޖުރިބާގެ ފަހަރު ކަމުން، މިކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑޮވްސް ޙައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީ އާއި ރައްޔިތުން ދިން އެއްބާރުލުމުގެ މުހިންމުކަން ސައުދީ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.