ތައިބާ މިސްކިތަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ، އޭނާގެ އާއިލާ އާ ހަވާލުކޮށްފި

ދަޕްރެސް

11 ނޮވެމްބަރު 2025 | އަންގާރަ | 8:49

މާލޭގައި ހުންނަ ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) އަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ، އޭނާގެ އާއިލާ އާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ތައިބާ މިސްކިތަށް ގެއްލުން ދިން މައްސަލައެއް މިއަދު ހެނދުނު 7:02 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިސްކިތަށް ގެއްލުން ދިން މައްސަލައިގައި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރު އެ މީހާ އާއިލާ އާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެމީހާ ދޫކޮށްލި ސަބަބަު ފުލުހުން ހާމަކޮށްފައި ނުވާއިރު މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް