އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ހާއްސަ ޓްރޭޑްމާކް ބިލު ރައީސް ތަސްދީގުކުރައްވައިފި

ދަޕްރެސް

12 ނޮވެމްބަރު 2025 | ބުދަ | 8:27

ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމު ކުރުމަށް އެކުލަވާލި ޓްރޭޑްމާކް ބިލު، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިބިލު ފާސްކޮށްފައިވަނީ 63 މެންބަރުންގެ ތާއީދާއެކު މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ.

މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާ، ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ގާއިމްކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާކާ ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިދޭ ހައްގުތަކުގެ ދާއިރާ ބަޔާންކުރެވި، ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދީފައިވެއެވެ.

މައުޟޫޢުތަށް