ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމްތަކާއި ކޯސްތަކުގައި ބައިވެރިވުމަށް ޔޫތު މިނިސްޓަރު އެދިވަޑައިގަންނަވައިފި

ދަޕްރެސް

12 ނޮވެމްބަރު 2025 | ބުދަ | 1:43

ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާތްގަނޑަކަށް 90 ޕަސެންޓް ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ދާއިރާއަށް އޮންނަ ޝައުގުވެރިކަމުގެ ސަބަބުން ސްކޫލް ނިންމާ ގޮތަށް ދާއިރާއަށް ވަދެ، އެ ކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން ކަމަށެވެ. އެއީ މުޅިއަކުން ގޯސް ގޮތެއް ނޫންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް