10.15 ހެކްޓަރުގެ ބިން އިތުރުކޮށް ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި
ދަޕްރެސް
12 ނޮވެމްބަރު 2025 | ބުދަ | 6:51
10.15 ހެކްޓަރުގެ ބިން އިތުރުކޮށް ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފިއެވެ.
ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުޅީ ބިންހިއްކުމުގެ މަޝްރޫއު ނިމުމަކީ ރައްޔިތުންގެ ތަރައްގީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ސަފުހާއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ބޭނުންކުރުމަށްޓަކައި ހެދިގެންދާ ލޭންޑްޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމަށާއި، ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލެވިފައިވަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ.