ގައުމު ބަނގުރޫޓުވުމުން ސަލާމަތްކޮށްދޭން މުއިއްޒު މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ، ޖާބިރުގެ ތާއީދު ރައީސަށް
ދަޕްރެސް
12 ނޮވެމްބަރު 2025 | ބުދަ | 10:37
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.
ޕީއެންސީގެ މައި ޖަގަހަ ކައިރި ހުންނަވާ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މުޅި ރާއްޖެއަށް ރައީސް ގެނެސްދެއްވާ ތަރައްގީ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ސްޕީޑުގައި މަޝްރޫއުތައް ކުރިއަށްގެންދެވިއްޖެނަމަ ރައްޔިތުން ބޭނުންވާ ހުރިހާ ލަނޑުދަނޑިތަކެއް ރައީސް ހާސިލް ކޮށްދެއްވާނެ ކަމަށެވެ.
އަދި ހުކުރު ދުވަހު ޕީއެންސީން ބާއްވާ ބޮޑު ބައްދަލުވުމުގައި ބައިވެރިވާނެކަން ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނުމަށް ރައީސް ކުރައްވަމުންގެންދާ މަސައްކަތުގައި އޭނާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.