އަތޮޅު މުބާރާތްތައް ހިންގުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ނައިބު ރައީސް

ދަޕްރެސް

13 ނޮވެމްބަރު 2025 | ބުރާސްފަތި | 10:53

އަތޮޅުތަކުގައި ކުރިއަށްގެންދާ ކުޅިވަރު މުބާރާތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ހއ. އުތީމުގައި ބޭއްވި ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެފަދަ މުބާރާތެއް އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިއުމަކީ ކުރިޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު އިޖުތިމާއީ ހަރަކާތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް