ކައުންސިލްތަކަށް ގެންނަ ބަދަލުތައް ހާމަނުކުރާތީ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި

ދަޕްރެސް

13 ނޮވެމްބަރު 2025 | ބުރާސްފަތި | 11:42

ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލުތައް ސަރުކާރުން ހާމަނުކުރާތީ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ ކުރިއަށް އޮތް އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށާއި މަޝްވަރާކުރުމަށް މި މަހުގެ 12 ވަނަ ދުވަހު އެ ޕާޓީއިން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

ކައުންސިލުތައް އެކުލެވިގެންވާ ގޮތާއި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުންފަދަ ބަދަލުތައް ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުގެ އިސްވެރިން ބުނަމުންދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިނުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްފައިނުވާ ކަމަށް ވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް