އޮޑިދޯނި ފަހަރުގައި އާރްއެސްޑަބްލިއު ނިޒާމު ހަރުކުރަން ދޫކުރާ ލޯނުގެ ތިންވަނަ ބުރަށް ހުޅުވާލައިފި

ދަޕްރެސް

13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:57

އޮޑިދޯނިފަހަރުގައި ރެފްރިޖަރޭޓަޑް ސީ ވޯޓާ (އާރްއެސްޑަބްލިއު) ނިޒާމު ހަރުކުރުމަށް ދޫކުރާ ލޯނުގެ 3 ވަނަ ބުރަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީ އިން ބުނީ، މުރާބަހާ އާރްއެސްޑާބްލިއު ފައިނޭންސިންގެ 3 ވަނަ ބުރަށް އެޕްލިޚޭޝަން ހުޅުވާލާފައިވާ އިރު، މި ފަހަރު 200 ދޯނި ފަހަރަށް ފައިނޭންސިންގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އެސްޑީއެފްސީ އިން ބުނެއެވެ.

އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމައްޓަކައި ހުޅުވާފައިވާ މި ސްކީމްގެ ތެރެއިން ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ދޯނި ފަހަރަުތަކުގައި ދަނި ގާއިމް ކުރަމުން ކަމަށެވެ. ގިނަ އޮޑި ދޯނިފަހަރުގައި މި ނިޒާމް ގާއިމްކުރެވެމުންދާ ކަމީ ނުހަނު އުފާ ކުރާ ކަމެއް ކަމަށާއި މީއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނުނ މުހިއްމު ކުރި އެރުމެއް ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.

މައުޟޫޢުތަށް