ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމުގެ ހައްގު އަތްފޯރާފަށުގައި ތަނަވަސްކޮށްދޭނަން: މުއްތަލިބް

ދަޕްރެސް

13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:42

ބޯހިޔާވަހިކަމަކީ ކޮންމެ އާއިލާއެއްގެ ހައްގެއް ކަމަށާއި އަތްފޯރާ ފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް މި ސަރުކާރުން ތަނަވަސްކޮށްދޭނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ، 'ރެންޓް ޓު އޯން މޮޑެލް'ގެ ދަށުން 3000 ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުއްތަލިބު ވިދާޅުވީ، ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުގެ ފަރާތުން ބީއެމްއެލްއާ ބިން ހަވާލު ކުރީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކަމަށެވެ. ބީއެމްއެލް އާ ބިން ހަވާލުކޮށްފައި ވަނީ އިތުރު އެއްވެސް އަގެއް ނުހިމަނައި ކަމަށާއި އެ ބޭންކުން އަޅާ ހައުސިން ޔުނިޓުތަކަކީ މިހާރު ސަރުކާރުގެ އެކި ހައުސިން މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަކަށް ވެގެންދާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މައުޟޫޢުތަށް