ޑްރަގާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 90 މީހަކު ހައްޔަރު ކޮށްފި
ދަޕްރެސް
13 ނޮވެމްބަރު 2025 | ބުރާސްފަތި | 12:55
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިއަދު ފެއްޓި ހާއްސަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 90 މީޙަކު ހައްޔަރުކޮށްފިއެވެ.
މިއަދު ފެށި މި އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މިހާރު 90 މިހާކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ގިނަ އަދަދެއްގައި ފައިސާ އާއި މަސްތުވާތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް ފުލުހުންގެ އަތް ދަށާް ގެންދިޔަ މި ތަކެތީގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެެވެ.
އޮޕަރޭޝަން އަލިމަގު އަކީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.