3000 ހައުސިން ޔުނިޓް އަޅަން ބީއެމްއެލްއާ ބިން ހަވާލުކޮށްފި
ދަޕްރެސް
13 ނޮވެމްބަރު 2025 | ބުރާސްފަތި | 2:18
ގްރޭޓާ މާލެ ސަރަހައްދުގައި ގާއިމްކުރާ 3،000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ބިން ހައުސިން މިނިސްޓްރީއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްފިއެވެ.
މިއީ ބީއެމްއެލްގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން އަޅުމަށް ހަމަޖެހިފައިވާ 3000 ހައުސިން ޔުނިޓެވެ.
ބީއެމްއެލްއާ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ހައުސިން ޔުނިޓު އަޅާނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 3ގައި 2،700 ހައުސިން ޔުނިޓް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.